ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ޔުނިޓެއް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކޮށްފައިވާތީ އެކަކު ޖޫރިމަނާކޮށްފިއެވެ.
އެފްޑީސީގެ އޮފިޝަލަކު ވިދާޅުވީ ހައުސިން ޔުނިޓްތަކެއް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދީފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް ލިޔުމުން އިންޒާރު ދީފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ހާމައެއް ނުކުރެއެވެ.
އޭގެ އިތުރަށް ވެސް އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފުލެޓުތައް ހަވާލުކުރަން ފެށިފަހުން، އެފްޑީސީއަށް ދައްކަންޖެހޭ ކުލީގެ އަގު ޑަބަލްކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.
އެގޮތުން ދޭތެރެ ދޭތެރެއިން އެތަންތަން ކުއްޔަށް ދިނުމަށް ފޭސްކުބްގައާއި އައިބޭ ފަދަ ތަންތަނުގައި އިސްތިހާރު ކޮށްފައި ހުރެއެވެ.
އެފްޑީސީން ވަނީ މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅުވެސް އަޅައިފައެވެ.
އެގޮތުން އަމާން އުދަރެސްގެ ފުލެޓެއްގައި ބިދޭސީންގެ ލޭބާ ކުއާޓާ ހަދަން ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއްގައި އެތަނުގެ ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން