ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026 ގައި "ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް" ގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފިއެވެ.
ދިރާގުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެކެވެ. ދިރާގުން މި އެވޯޑު ހާސިލުކޮށްފައިވަނީ އޭޝިއާގެ ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ "މި އެވޯޑުން ރަމްޒުކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ހޯދަމުންގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު، އަދި ދިރާގު ޓީމުގެ މިންނެތް މަސައްކަތް" ކަމަށެވެ.
ވޭތުވެދިޔަ އަހަރު ދިރާގުން މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ނިންމައި، ހުރިހާ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކުގެ އީޖާދީ ކަންކަމާއި މާލީ ކުރިއެރުމާއި ޑިޖިޓަލް ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއެކު "ޑިޖިޓަލް ރާއްޖެ" އެއް ބިނާކުރުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު