މެދު ރާއްޖެތެރޭގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުނު ޓީޗަރަކު ވަޒީފާއިން ވަކިކުރި މައްސަލަ، ސިވިލް ސާވިސް ކޮމިޝަނާ އެއްކޮޅަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ފަހުކޮޅު، އެ ރަށު ސްކޫލްގެ ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ފުރަތަމަ އެ ޓީޗަރު ސަސްޕެންޑް ކުރުމަށްފަހު، ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރިން ނިންމާފައި އޮތީ އެ ޓީޗަރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ޓްރައިބިއުނަލްގެ އެ ނިންމުން ބާތިލުކޮށް، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ ގާނޫނީ ހަމަތަކުން ބޭރުން ކަމަށެވެ. އެހެންކަމުން، އެ ޓީޗަރު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެ ޓީޗަރަށް ތުހުމަތުވާ މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލިކަން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއްނުކުރެއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު