ކުރިއަށް އޮތް ބޮޑު އީދު ބަންދާއި ސްކޫލް ޗުއްޓީއާ ދިމާކޮށް، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އެތެރޭގެ އުދުހުންތަކަށް 64،000 އަށްވުރެ ގިނަ ސީޓު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް، މުންދު ވިދާޅުވީ، މި މަހުގެ 17 އިން އަންނަ މަހުގެ ދޭއްގެ ނިޔަލަށް މޯލްޑިވިއަން އިން ޖުމްލަ 1،227 ފްލައިޓް މޫވްމަންޓް ކުރިއަށް ގެންދާނެ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ 1،014 ތާވަލު ދަތުރާއި އިތުރަށް އަޅާ 213 ފްލައިޓު ކަމަށެޗެ.

"އެއީ 17 މެއި އިން 2 ޖޫންއަށް މި ޕީރިއަޑްގެ ތެރޭގައި އެއް ކަމަކަށް. ވިދާޅުވި އެއީ 1،014 ޝެޑިއުލް ފްލައިޓާއި 213 އިތުރު ފްލައިޓާ މިއަޅުއްވަނީ." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ޗުއްޓީ ދުވަސްވަރު އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ، މި ފަހަރުގެ ޗުއްޓީގައި މޯލްޑިވިއަނުން އަޅާ ކޮންމެ ފަސް ފްލައިޓަކުން އެއް ފްލައިޓަކީ އެ އެއާލަނުން ޝެޑިއުލްކުރާ ފްލައިޓުގެ އިތުރުން އަޅާ ފްލައިޓެއް ކަމަށެވެ.

މި ފަހަރުގެ ބޮޑު އީދާ ދިމާކޮށް ހަފްތާއެއް ބަންދުވާނެއެވެ.