ރާއްޖޭގައި ޓެކްނިކަލް ޑައިވިނަށް ހުއްދަ ދިނުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް ވަނީ މި ފަހުން މަރުވެފައެވެ. އަދި އެ މީހުން ސަލާމަތްކުރަން އުޅުނު އެމްއެމްޑީއެފްގެ ރެސްކިއު ޑައިވަރަކުވެސް ވަނީ މަރުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށާއި އެހެންވެ އެފަދަ ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅޭ ކަމަށެވެ.
މުންދު ވިދާޅުވީ، އެ ކަމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެ ފަދަ ގާނޫނެއް ވުޖޫދުވުމުން ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރުމަށް ބޭރުން އަންނަ މީހުންނާއި ޓެކްނިކަލް އެހެން ޑައިވަރުންނަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.
"ޓެކްރެކް ޑައިވާސްއަކީ ސްޕެޝަލިސްޓް ގިއާ އާ އެކީގައި ވަރަށް ހާއްސަ ފެންވަރެއްގެ ޑައިވްކުރުމުގެ ތަޖުރިބާ ހުރި ބަޔަކަށް ނޫނިއްޔާ ނުކުރެވޭ ކަމަކަށްވާތީވެ ވަރަށް ހަރުދަނާ ގަވާއިދުތަކެއް ވެސް އޭގެ ތެރެއިން ހެދިގެން ރެގިއުލޭޓްކުރެވިގެން ކުރިއަށް ގެންދެވޭނެ،" މުންދު ވިދާޅުވިއެވެ.
އިޓަލީގެ ޑައިވަރުންތަކެއް ގެއްލުނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އެތަނުން އެކެއްގެ ހަށިގަނޑު ނެގިއިރު ބާކީ ހަތަރު މީހުންގެ ހަށިގަނޑު ނެގީ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެން ހިންގި ރެސްކިއު އޮޕަރޭޝަންގައެެވެ.
އަލީ ޔާމިން
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)