ދައުލަތަށް 44 އަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި އާދަމް އަލީ ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އާދަމް އަލީ ނިޔާވުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އާދަމް އަކީ ރައީސްގެ އޮފީހާއި މުލީއާގޭގެ އިތުރުން ހިލާލީގޭގައި ދިގު މުއްދަތެއް ވަންދެން ވަފާތެރިކަމާ އެކު ވަޒީފާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވި ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.
އާދަމް އަކީ، ހިދުމަތް ކުރެއްވި ކޮންމެ ރައީސަކާއި ނައިބު ރައީސެއްގެ ލޯބި ހޯއްދަވާފައިވާ، ހަރުދަނާ ޝަހުސިއްޔަތެއްގެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރެއްވި، 44 އަހަރަށްވުރެ ދިގު މުއްދަތުގެ މި ހިދުމަތްތެރިޔާ ނިޔާވުމުގެ ހިތާމައިގައި، އެ އާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އާދަމް އަލީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އަދި މާތްﷲ ގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި ލެހެއްޓެވުމަށް އެދި ދުއާ ދަންނަވައިފައެވެ.
ފާތިމަތު ލިއުޝާ
މަރު
މަރު
މަރު