ކުޑަކުދިން ދުވަހާ ގުޅުވައިގެން ސްޓެލްކޯއިން ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައިވަނީ ސްޓެލްކޯ ހެޑް އޮފީހުގައެވެ.
އެ ހަރަކާތުގެ ތެރެއިން ސްޓެލްކޯ އިން ވަނީ ސްކޫލް ކުދިންނަށް ޔޫޓިލިޓީ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ، މާލޭ ޕަވާހައުސްގެ މަސައްކަތްތައް ދައްކާލުމަށް ސެޝަންއަކާއި ޓުއާއެއް ކުރިއަށް ގެންގޮސްފައެވެ.
ބޮޑު ތަރުހީބެއް ލިބުނު އެ ހަރަކާތުގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ