ހަފުތާ ބަންދާއި އީދުގައިވެސް ވައިދަގަވެ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މީޓްރޮލޮޖިސްޓް ހަދީޖާ ނުސްރާ "ވަން" އަށް މިއަދު ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަ. މާދަމާޔާ ހަމަޔަށް ގަދަވިޔަސް މިއަދުގެ މެންދުރުފަހު މިހާރަށްވުރެ މަޑުވެދާނެ. 26 ހިސާބުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ. ސީދާ އީދުގައި ވައިދަގަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ. އެއީ ބޮޑަށް އުތުރާއި މެދުރާއްޖެ ތެރެއަށް." ނުސްރާ ވިދާޅުވިއެވެ.
ހަފުތާ ބަންދާއި އަންނަ ހަފުތާގެ ކުރީކޮޅު ދެކުނުގެ ރަށްތަކަށް ވާރޭ ވެހުނު ނަމަވެސް މޫސުން ގޯސް ނުވާނެ ކަމަށެވެ. ނަމަވެސް އީދު ތެރޭގައި ދެކުނުގެ ރަށްތަކަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް ދުވަހާއި އީދުތެރޭގައި ވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ނުސްރާ ވިދާޅުވިއެވެ. އެހެންކަމުން ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ނުސްރާ އިލްތިމާސް ކުރެެއްވިއެވެ.
ފާތިމަތު ލިއުޝާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް