ދައުލަތުގެ ބޭސް ކުންފުނީ، ސްޓޭޓް ފާމާ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.
"ސްޓޭޓް ފާމާ އައިޖީއެމްއެޗް ފާމަސީ"، ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އައިޖީއެމްއެޗުގެ އޯޕީޑީ ސަރަހައްދުގައެވެ.
ސްޓޭޓް ފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
މި ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.
މި ފާމަސީއިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ހާއްސައިންތިޒާމުތަ ވަނީ ގާއިމްކޮށްފައެވެ.
އައިޖީއެމްއެޗްގައި ސްޓޭޓް ފާމާގެ ބޭސް ފިހާރައެއް ހުޅުވިއިރު އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދާ ފާމަސީތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.
އަލީ ޔާމިން
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ބޭސް ލިބެންހުރެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. އެކަޱި ނަންބޯޑު ހުރުމަކުން ނުފުދޭނެ.
ހުސނު - 1 މަސް ކުރިން