ސަރުކާރުގެ ބޭސް ކުންފުންޏަށް ގިނަ އަދަދެއްގެ ފާމަސިސްޓުން ހޯދަން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލޭގައި މަސައްކަތް ކުރަން ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުންގެ ގޮތުގައި 19 މީހަކު ބޭނުންވާ ކަމަށެވެ.
އެކަމަށް އެދި މި މަހުގެ 30 ގެ ކުރިން ކުރިމަތިލެވޭނެއެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ފާމަސީގެ ރޮނގުން ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރުމާއި އެ ދާއިރާއިން 1-4 އަހަރުގެ ތަޖުރިބާ ލިބިފައި ހުރުން ހިމެނެއެވެ. މުސާރައިގެ ގޮތުގައި 12،000 އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ބޭސް ނުލިބޭ މައްސަލަ ހައްލު ކުރުމަށް ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެންނަން ސަރުކާރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ނަމަވެސް އެ ކުންފުނީގެ ދަށަށް ހުރިހާ މަސައްކަތެއް ބަދަލު ވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް