މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާއެކު، ރާއްޖެއިން ތެލަށް ކުރަން ޖެހޭ ހަރަދު 58 ޕަސަންޓު އިތުރުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ، ރާއްޖޭގައި މުޅި ޖުމްލަ ބޭނުން ކުރަނީ 640-650 މެގަވޮޓްގެ ކަރަންޓު ކަމަށެވެ.
އެއީ:
- މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓް
- ރިސޯޓުތަކުގައި 300 މެގަވޮޓް
- ސިނާއީ ރަށްރަށުގައި 30 މެގަވޮޓް
އަހުމަދު އަލީ ވިދާޅުވީ، ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު، ބޭރުގެ ތެލުގެ މާކެޓަށް އަންނަ ކޮންމެ ލޮޅުމެއްގެ އެދެވޭ އަދި ނޭދެވޭ އަސަރު ރާއްޖެއަށް އިންތިހާއަށް ކުރާ ކަމަށެވެ.
"މީގެ ކުރީގައި، މެދުއިރުމަތީގައި ދިމާވެގެން އުޅޭ މައްސަލައިގެ ކުރިން ގާތްގަނޑަކަށް 50 މިލިއަނެއްހާ ޑޮލަރު މަހެއްގެ މައްޗަށް ހަރަދުކުރަން ޖެހޭ ތެޔޮ އެތެރެކުރުމަށް، އެކަމު މިހާރު އެ އަދަދު 116 މިލިއަން ޑޮލަރު މަހަކު، އެއީ މާޗު މަހުގެ ހިސާބަށް ބެލިކަމުގައިވިޔަސް. އަދި މިހާރު ހަނގުރާމަކުރިއަށްދާ ވަރަކަށް އިތުރުވެގެންދާނެ" އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ އިތުރަށް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރަން ޖެހޭ ކަމަށާއި ތެލުގެ އިސްރާފު މަދުކުރަން ޖެހޭ ކަމަށެވެ.
ރާއްޖެއިން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ 33 ޕަސަންޓު ހަކަތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނާޖީ
މާގިނަ ވާހަކަ ނުދައްކާ ތެޔޮ އަގު ބޮޑު ކުރޭ
ޢަހްމދު - 1 މަސް ކުރިން