"މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް ބޭންކިންގް ވިޔަފާރިކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފިއެވެ.

މޯލްޑިވްސް ޕްރީމިއާ ބޭންކިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮމާޝަލް ބޭންކިންގް ލައިސަންސާއި "އޮޕަރޭޝަނަލް އެޕްރޫވަލް" އާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހުއެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ހުއްދަ ދީފައިވަނީ "ޓިއާ 1" ގެ ބޭންކެއް ގާއިމުކުރުމަށްޓަކައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމާ ގުޅިގެންނެވެ.

އެމްއެމްއޭ މިރޭ ބުނީ މިދިޔަ އަހަރުގެ މޭ 19 ގައި ދިން ވަގުތީ ހުއްދައިގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، ބޭންކުގެ މިލްކުވެރިކަމުގެ އޮނިގަނޑު މިހާރު ވަނީ މަރުކަޒީ ބޭންކުގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތިފައި ކަމަށެވެ.