މޯލްޑިވިއަނުން ރާއްޖެއިން އޮސްޓްރޭލިއާ އަށް ސީދާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަން އިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ކުރާ އެންމެ ފުރަތަމަ ސީދާ ދަތުރަށް، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330 ރޭ މާލެއިން މެލްބަންއަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.
"މިއީ އާ ފުރުސަތުތަކެއްގެ ފެށުން، އާ ދޮރުތަކެއް ހުޅުވުން. މިއީ ރާއްޖެ އަށް ލިބުނު ފަހުރަކާއި ޝަރަފެއް،" މޯލްޑިވިއަން އިން ބުންޏެވެ.
މި ބޯޓު މާލެއިން ފުރާފައިވަނީ ރޭ 10:30 ހާއިރެވެ. މިއީ ގާތްގަނޑަކަށް 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.
މިއީ ރާއްޖެ އިން އޮސްޓްރޭލިއާ އަށް ވައިގެ ސީދާ ދަތުރެއް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އާއި އޮސްޓްރޭލިއާ ދެމެދު ކުރަނީ ޓްރާންސިޓް ދަތުރުތައް ކޮށްފައެވެ.
އޮސްޓްރޭލިއާގެ ޓްރެވަލް ކޮމްޕެނީ ލަގްޒަރީ އެސްކޭޕްއާ ގުޅިގެން ކޮންމެ ހަފުތާއަކު މެލްބަން އަށް ޝެޑިއުލް އެއް ދަތުރު ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ