ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު "ކޮލެބް 26" އިފްތިތާހުކޮށްފިއެެވެ.
ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު "ކޯލެބް 26" އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުނފުނިތަކުގެ ތަޖުރިބާކާރުންނާއި، އީޖާދުކުރާ ފަރާތްތަކާއި، ކުރިއަރަމުން އަންނަ ހުނަރުވެރިން، ގައުމީ ތަރައްގީއަށް ބޭނުންވާ އޭއައި އަދި ޑޭޓާގެ އަމަލީ އަދި މާނަވީ ބޭނުންތަކަށް ގުޅުވައިދޭ ގައުމީ ޕްލެޓްފޯމެކެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބައިވެރިންގެ މަޝްވަރާތަކާއި އީޖާދުތަކާއި ޝޯކޭސް ސެޝަންތަކާއި ހެކަތޯން ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ކޮލެބް 26" އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއަދުގެ ބަވަނަވަމުން އަންނަ ދުނިޔޭގައި ކުރިއަށް އޮތް މަންޒަރު ބިނާވެފައި ވަނީ ޑޭޓާ އާއި މަސްނޫއީ ތަރައްގީއިންނެވެ.
އޭއައި އިން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެ ހިދުމަތްތައް ފަސޭހައިން ގާތުން ފޯރުކޮށްދީ، ސްކޭމްތައް ކުރިޔާލާ ދެނެގަތުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަ ކުރުމުން ކުންފުނީގެ އެތެރޭގެ ނިންމުންތައް އަވަސް ކުރުމަށް އޭއައި އިން ކުރިއެރުވުމުގެ ގާބިލްކަން އެބަ އޮތް ކަމަށެވެ.
"މި ސެންޓަރުގެ ސަބަބުން އޭއައިގެ ގާބިލްކަން އިތުރުވެ، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، އެއްބާރުލުމާއި، ދިރާސާތަކާއި އަދި އީޖާދުތަކަށް ފުރުސަތުތައް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ފަންނުވެރިން ކުރިއެރުވުމަށާއި، ވިޔަފާރިތަކާއި މުއައްސަސާތައް ބާރުވެރިކުރުވައި، ރާއްޖޭގެ މަސްނޫއީ އިކޯސިސްޓަމް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން،" ޝަރީފް ވިދާޅުވިއެވެ.
ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްގެ ދައުރަކީ ހަމައެކަނި މާލީގޮތުން ރައްޔިތުންނަށް ބޭންކުގެ ހިދުމަތް ދިނުން ނޫން ކަމަށާއި ގައުމީ ކުރިއެރުމަށް އެހީތެރިވުމާއި، އިގުތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި، އަދި ޓެކްނޮލޮޖީގެ ތަރައްގީތައް މުޅި ރާއްޖޭގެ މުޖުތަމައުތަކަށް މަންފާކުރަނިވި ނަތީޖާތަކެއް ހާސިލުކޮށްދިނުމަކީ އެ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މާލީ ކަންކަމަށް ބަލާއިރު، ޓެކްނޮލޮޖީ އަކީ ހަމައެކަނި ކަސްޓަމަރުންގެ ތަޖުރިބާގެ އަލީގައި، އިގުތިސޯދީ ބައިވެރިވުން ބައްޓަން ކުރާ ވަސީލަތެއް ކަމަށާއި މި ފުރުސަތުގެ ސަބަބުން، އޭއައިގެ ގާބިލްކަން އިތުރުވެ، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުން އުނގެނުމާއި އެއްބާރުލުމާއި ދިރާސާތަކާއި އަދި އީޖާދުކުރުމުގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް