ދިރާގުން ކުރިއަށްގެންދާ "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.
ދިރާގުބް ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، 1000 ޑޮލަރުގެ ރިސޯޓް ޗުއްޓީ ޕެކޭޖް ހާސިލުކުރި ފުރަތަމަ ނަސީބުވެރިއަކީ ޔޭ ލިން ޓުޓްއެވެ. މިއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ކަސްޓަމަރުންނަށް ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ ތިން ނަސީބުވެރިން ހޮވާނެ ކަމަށާއި، ކޮންމެ ހަފުތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީ ޕެކޭޖެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 3 އިން 23 މެއި 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހުޅުވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރުމަށް ފަހު ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް" ބެނާއަށް ފިއްތާލައިގެން ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެއެވެ.
ދިރާގުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު