ރާއްޖޭގެ އިގްތިސާދީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދައުރު ވަރުގަދަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް" ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މައުލޫއަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި އެމްއޭސީއެލް އިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކުގެ އިތުރުން ކާގޯ އޮޕަރޭޝަންތަކުން ވެސް ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށެވެ.
ޝަރީފު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަންނާނެ ޑިމާންޑަށް ރިއާޔަތްކޮށް، ކާގޯގެ ހިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް އިތުރުކުރުމުގެ ޕްލޭންތަކެއް އެ ކުންފުނިން ދަނީ އެކުލަވާލަމުން ކަމަށެވެ.
މީގެ އިތުރުން، އެއާޕޯޓުގެ ހިންގުން ހަރުދަނާކޮށް، ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތައާރަފުކުރަން ނިންމާފައިވާ ބައެއް ޒަމާނީ ހިދުމަތްތަކުގެ ތެރޭގައ ސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮފް، އޮފްއިމިގްރޭޝަން އީ-ގޭޓްސް، ބަޔޯމެޓްރިކް ފެސިލިޓޭޝަންޑިޖިޓަލް ވޭފައިންޑިން އަދި ސްމާޓް ސެކިއުރިޓީ، ސްކްރީނިން މޮބައިލް ބޯޑިން ސޮލިއުޝަންތައް ހިމެނޭކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ނޮން-އެއިރޮނޯޓިކަލް ހިދުމަތްތައް އިޝްތިހާރުކޮށް، ދެމެހެއްޓެނިވި އާމްދަނީގެ މޮޑެލްއެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކާ ރާއްޖެ ގުޅާލުމުގައި އެއާލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާ އޮންނަ ގުޅުން ބަދަހިކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އަދި އުމްރާނީ ތަރައްގީއާއި ރޫޓް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކާއެކު، ވީއައިއޭއަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ، ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއާޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް