ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ، ވަޓްސްއެޕް ގުރޫޕުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ބޭރުކޮށްލައިފިއެވެ.
ނާޒިމް ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. އެކަން ވަނީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ބޭރު ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.
އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެ އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް މުއިއްޒުއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްލާފައިވާ އިރު، މިދިޔަ މަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަކިކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށް އަޑުތައް ފެތުރުނެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަ ކުރަމުންދާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.
ނަމަވެސް އޭރު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު "ވަން" އަށް ވިދާޅުވީ އެއީ "ބޮޑު ދޮގެއް" ކަމަށެވެ. އަދި އެފަދަ އެއްވެސް މަސައްކަތެއް ޕީއެންސީގެ ޕީޖީން ކުރިއަށް ނުގެންދާ ކަމަށެވެ.
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް