ރައްޔިތުންގެ ހާއްސަ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު ވަނީ މަރުހޫމް މުހއްމަދު ރާމިޒްގެ އާއިލާއަށް މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް ދުއާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު ރާމިޒުގެ ހަނދާނުގައި މެންބަރުން ތެދުވެ ވަޑައިގެން ވަނީ ސުކޫތެއް ގެންނަވައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު، ރާމިޒު އަވަހާރަވި އިރު އުމުރުމުފުޅަކީ 74 އަހަރެވެ.
ރާމިޒަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރާމިޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް