ކުޑަކުދީންނަށް ހަގީގީ ލޯބިދިނުމަކީ ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދީންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދީންނަށާއި އާއިލާތަކަށް އަރިސްކުރައްވައިފައެވެ.
މި ތަހުނިޔާގެ މެސެޖުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާ ގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދީންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރާން ޖެހޭ ގައުމީ ޒިންމާއެއް ކަމަށެވެ.
"ހަގީގީ ލޯބިދިނުމަކީ، އެކުދީންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން. ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ގާބިލުކަން ހޯދައިދިނުން. އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަ ނުދިނުން." ރައީސްގެ ތަހުނިޔާ މެސެޖުގައިވެއެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި 10ގައެވެ.
ފާތިމަތު ލިއުޝާ
ކުޑަކުދިންގެ ދުވަސް
ކުޑަކުދިންގެ ދުވަސް
ކުޑަކުދިންގެ ދުވަސް
ކުޑަކުދިންގެ ދުވަސް