ރާއްޖޭގެ އިރުދެކުނުން އުފެދިފައިވައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ ސަރަހައްދުތަކުގައި ވައިގަދަވަމުންދާ ކަމަށާއި، އެހެންވެ، ކުރިއަށް އޮތް ދުވަސްތަކުގައި ވަޔާ އެކު ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން އިލްތިމާސްކޮށްފިއެވެ.
މެޓުން މިރޭ ބުނީ އިރުއިތުރުން އުފެދިފައިވާ ލޯޕްރެޝަރު ޓްރަޕްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ އުފެދެމުންދާ ކަމަށެވެ.
އެއާއެކު ރާއްޖެ ސަރަހައްދުގައި ހުޅުނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މެޓުން ބުންޏެވެ.
"އެހެންކަމުން ކުރިއަށްއޮތް ފަސް ދުވަސް (9 މޭއިން 13 މޭއަށް) ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާ ކުރެވެއެވެ" މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުންވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް