ޕީއެސްއެމުން އިންތިޒާމުކުރާ މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް، ހަސަން ޝަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ.
އެޗްޑީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން އޭޝިއާ މީޑިއާ ސަމިޓަށްފަހު ކުޑަގިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން މީޑިއާ ސަމިޓަށްފަހު، ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެ ންދާނެކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ، ދޫނިޔާ ޑައިވް ރެކް ސަރަހައްދުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރަން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެޗްޑީސީން ބުންޏެވެ.
މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. އަދިކުޑަގިރި ޑައިވް ސައިޓުގައި މުރަކަ އިންދުން ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި، ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކުން އެ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.
އެ ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަދި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، [email protected] އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ