މިހާރު ގައުމުގައި މި ހިނގާ ކަންތައްތަކާ ގުޅިގެން، ހޯމް މިނިސްޓަރު އަލީ އިހްސާނުގެ މަސްއޫލިއްޔަތާ މެދު ސުވާކު އުފައްދަންޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީމް މިހެން ވިދާޅުވީ، ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުން އަވަސް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރަށް ވާހަކަ ދައްކަވަމުން މެންބަރު ހުސެއިން ޝަރީފް ވިދާޅުވީ، މިއަދު ގައުމުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނު އަސާސީން ކަަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ދައުލަތެއްގެ ސިފަ ޖެއްސުމަށް ގާނޫނުގައި ތަރުތީބުކޮށްފައިވާ ގާނޫނުތަކާ އެއްގޮތަށް މުއައްސަސާތައް ފަންގްޝަން ނުކުރުން ކަމަށެވެ.
އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށްވެސް ވިދާޅުވިއެވެ.
"ސަބަބު މިއަދު މިއޮތީ ވަރަށް ރަނގަޅަށް ފެންނަން، ދިވެހި ރާއްޖޭގައި ދައުލަތް ހިންގުމުގެ އެންމެ މަތީ ބާރު، ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އިރު، އަމާނާތްތެރި ކަމާއެކު ވެރިކަން ކުރުމަށް ހަވާލު ކުރާ ފަރާތަކީ ވަރަަށް މުހިއްމު ފަރާތެއް، އެއީ ކަރާމަތާއި ރައްކާތެރިކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ފަރާތެއް، އެފަރާތާ ބެހޭ ގޮތުން ޔޯލަ ޔޯލަ ވާހަކައެއްގެ ގޮތުގައި ދެކެވޭ ވާހަކަ އަޅުގަނޑުމެން ޕަބްލިޝް ކޮށްގެން ދައްކާއިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ނިދައިފައި އޮތުމުގެ ސަބަބުން މިހެން ވާން ޖެހެނީ،"
މެންބަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ވަރަށްބޮޑު ތުހުމަތެއް އަޅުވައިގެން ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"މިއީ އެއްވެސް ކަހަލަ ޝަރުއީ ހުއްޖަތެއް، މިސާލަކަށް ޝަރޫހީ ހުއްޖަތަކީ އޭގެ ހެތްކާއި ގަރީނާ އާއި އޭގެ މައްޗަށް އެ ވާގިއާއަކަށް ބާރު ލިބިދޭ އަސާސްތަކެއް އޮންނަން ޖެހޭނެ ހެއްކެއް ނެތި ދެކެވުނު ވާހަކަތަކަށް ހަމަ ބޭނުން ގޮތަކަށް، ބޭނުން ތަރުތީބެއް ކޮށްލައިގެން ވީޑިއޯތައް ހެދުމާއި ފާޑު ފާޑުގެ ވާހަކަ ދެއްކުމާއި ދޭދޭ މީހުން ޔޯލަ ޔޯލަ ވާހަކަ ދައްކަމުން ދިޔައިރުގައި އަޅުގަނޑުމެންގެ މުއައްސަސާތައް ކޮބައިތޯ، އަޅުގަނޑު މިއަދު މި މަޖިލީހުގައި ދިވެހި ރާއްޖޭގެ ދާހިލީ ވަޒީރުގެ މަސްއޫލިއްޔަތާ ދޭތެރޭ ސުވާލު އުފައްދަންޖެހޭ ސަބަބެއްމީ، އަޅުގަނޑުމެންގެ ސަރުކާރަށް ނިސްބަތްވިޔަސް މިސަަބަބު އުފައްދަންޖެހޭ،"
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު