މާލޭގައި ދިރިއުޅޭ މަސައްކަތު އާބާދީގެ 53 ޕަސެންޓު ދިވެހިން މަސައްކަތް ކުރަނީ ސަރުކާރު އޮފީސްތަކުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ލޭބާ ފޯސް ރިޕޯޓުގައި ބުނެފިއެވެ.

އެމްބީއެސްގެ ލޭބާ ފޯސް ސާވޭ (އެލްއެފްއެސް)ގެ ރިޕޯޓުގެ ރެފަރެންސް ކުއާޓަރުގެ ތިން މަސް ދުވަހުގެ ތެރޭގައި ސާމްޕަލް ގޭބިސީތަކުގައި 15 އަހަރު ފުރިފައިވާ ހުރިހާ ގޭބިސީއެއްގެ ލޭބާ މާކެޓް ޑޭޓާ އެއްކޮށްފައިވެއެވެ.

އެލްއެފްއެސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މާލޭގައި މަސައްކަތްތެރި އުމުރުގެ 15 އަހަރުން މަތީގެ މީހުންގެ އާބާދީ 188،062 އަށް ވަނީ އަރައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 128،129 ދިވެހިންނާއި 59،933 ބިދޭސީންނެވެ. ވަޒީފާ އަދާކުރާ އުމުރުގެ އާބާދީގެ ތިންބައިކުޅަ އެއްބައި (32 ޕަސެންޓް) އަކީ ބިދޭސީންނެވެ.

އިންސްޓިޓިއުޝަނަލް ސެކްޓާ ބްރޭކްޑައުން އިން ދައްކާ ގޮތުގައި ދިވެހިންނަށް މައި ވަޒީފާ ދޭ ފަރާތަކީ ދައުލަތުގެ މުއައްސަސާތަކެވެ. މު މުވައްސަސާތަކުގެ ތެރޭގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އާއި ފުލުހުންނާއި ދިފާއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ ހިމެނެއެވެ.

މި ދާއިރާތަކުގައި 53 ޕަސެންޓް މީހުން ވަޒީފާ އަދާ ކުރެއެވެ.

ބޭރު މީހުންނަށް ވަޒީފާގެ ބޮޑު ބައެއް (88.6 ޕަސެންޓް) ހިއްސާ ކުރަނީ އަމިއްލަ ވިޔަފާރިތަކުންނެވެ.

2024-2025 ވަނަ އަހަރު ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 3،289 މީހުންނެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު، އަންއެމްޕްލޯއިމަންޓް ރޭޓް އުޅެނީ 3.7 ޕަސެންޓް ގައެވެ. އެއީ ފިރިހެނުންގެ 3.3 ޕަސެންޓް އަދި އަންހެނުންނަށް 4.3 ޕަސެންޓެވެ. އެއީ 15 އަހަރާއި 34 އަހަރާ ދެމެދުގެ ދިވެހިންނަށް 4.6 ޕަސެންޓް އަދި 35 އަހަރުން މަތީގެ މީހުންނަށް 2.9 ޕަސެންޓެވެ. އޭގެ ތެރެއިން އަންހެނުންގެ ހިއްސާ 60.3 ޕަސެންޓެވެ.

ވަޒީފާ އަދާ ނުކުރާ މީހުންގެ އަދަދު 2،398 އަށް އަރަ އެވެ. މި ކެޓަގަރީގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދަކީ 11،956 މީހުންނެވެ.