ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް ސްރީލަންކާގައި ގާއިމް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން އަންނަ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ލަންކާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމާއެކުގައި ހަތް އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ މާލީ ހިދުމަތްތައް ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ހުޅުވުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނާ ލަންކާގެ ރައީސްއާ އެކީގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށާއި އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދިފާއީ ދާއިރާ އާއި ތައުލީމީ ދާއިރާއާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އާއި ފިޝަރީޒް ދާއިރާގެ އިތުރުން ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ އިން ރާއްޖެ އާއި ލަންކާއާ ދެމެދު ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާ ލަންކާއާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް އެކަމުގެ ފައިސާ ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި އަދި އެ ގައުމަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު