އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމައި އެކަމަށް ރހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ނެޝަނަލް ޑްރަގު ކޮންޓްރޯލް ކައުންސިލުން ދިން ލަފައަކާ އެކު ކެބިނެޓާ މަޝްވަރާކޮށްގެން އެ މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އެ މައްސަލަ ހުށަހެޅިއެވެ.
އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހަށް އިއްވައިފައެވެ.
އެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި މަނާ ލިސްޓް އުނިކުރަން އެދިވަޑައިގަތް ގޮތުގައި ބޭސް "މިތައިލްފެނިޑޭޓް" އަކީ އޭޑީއެޗުޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަކަށް ބޭނުން ކުރާ ބޭހެކެވެ.
އެކަމަކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ލިސްޓުކޮށްފައިވާ މަނާ ޑްރަގުތަކުގެ ތެރޭގައި އެ ބޭސް ހިމެނޭކަން ފާހަގަކޮށް، ސިޓީގައި ރައީސް އެދިވަޑައިގެންފައިވަނީ، ކެބިނެޓުން ނިންމާފައިވާ ގޮތަށް މަނާ ޑްރަގު ލިސްޓުން އެ ބޭސް އުނިކޮށް ދިނުމަށް މަޖިލީހުން ރުހުން ދިނުމަށެވެ.
މިކަމަށްޓަަކައި ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވެވުމުން، މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.
މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށްދޭން އެދި އެމްއެފްޑީއޭއިން ވެސް މިދިޔަ އަހަރުގެ ޖުލައި 13 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު