ހޮނުއަޅައި، ކަރަންޓު ކެނޑޭނަމަ ޑީ-ބޯޑު ޗެކްކޮށް، ބްރޭކަރު ރީސެޓް ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިގޮތަށް އިލްތިމާސް ކުރީ ރޭގެ ވަގުތެއްގައި މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ހޮނު އެޅުމާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވުމުންނެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އާތު ލީކެޖް ސކެޓް ބްރޭކަރު، އީއެލްސީބީ ވެއްޓި ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ކަރަންޓު ކެނޑިއްޖެނަމަ ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށް އެދޭ ކަމަށެވެ.
"މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރައްވައި އީއެލްސީބީ ވެއްޓިފައިވާނަމަ އަލުން ނަންގަވައި ކަރަންޓު ދިނުމަށް މަސައްކަތް ކުރެއްވުން އެދެން" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އީއެލްސީބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން 1545 އަށް ގުޅައި އެކަން ރިޕޯޓްކުރަން އެދޭ ކަމަށެވެ.
އަލީ ޔާމިން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ