ޓެކްސީ އަގުތަކަށް ބަދަލު ގެންނާނީ އެކަމާ ގުޅޭ ގޮތުން ހުރިހާ ފަންތިއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގު އުފުލި، ރާއްޖޭގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމުން ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ އެދިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ޓެކްސީގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުންގެ ފަރާތުން އެދިފައިވާ ކަމަށެވެ.
"ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވަރުން އެދޭ ކަމަށް، ސިޓީ އައިސްފައި ހުރި އަޅުގަނޑު ހަވާލުވި އިރުވެސް. އަޅުގަނޑު ވިދާޅުވެފައި އޮތީ ސިޓީތައް ބަލާފައި ކެބިނެޓް ލެވެލްގައި އެވާހަކަ ދައްކައި އިތުރަށް ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާއި އެކު އެވާހަކަ ދައްކާނަން. އޭގެ ތެރޭގައި ޑްރަވަރުންނާއި ސެންޓަރުތައްވެސް ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އެއްކޮށްލުމުގެ އެއް ބޭނުމަކީވެސް ޓެކްސީގެ ހިދުމަތުގައި ހުރި މައްސަލަތައް ބަލައި ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދެ މިނިސްޓްރީ އެއްކޮށްލައި މެންޑޭޓަށް ބަދަލުތައް އައުމުން ޓްރާންސްޕޯޓުން ދެމުން އައި ހިދުމަތްތައް އަވަހަށް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރޭޝަން މަރުހަލާ އަވަސްވާނެ ގޮތްތަކާމެދު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު