ކެންޏާގެ ސަބަސްޓިއަން ސާވޭ، ދުނިޔޭގެ މެރަތަން ތާރީހު ބަދަލުކޮށް، ރެކޯޑު މުގުރާލައިފިއެވެ.
އުމުރުން 30 އަހަރުގެ ސާވޭ، ލަންޑަންގައި ދުވި މެރަތަން އޭނާ ނިންމާފައި ވަނީ އެއް ގަޑިއިރާ 59 މިނެޓް، 30 ސިކުންތުންނެވެ. އެ ޓައިމިންނާއެކު ސާވޭ ވެފައި ވަނީ މެރަތަންއެއް ދެ ގަޑިއިރުގެ ކުރިން ނިންމާފައިވާ ހަމައެކަނި އެތުލީޓަށެވެ.
މީގެ ކުރިން ލެޖެންޑަރީ ދުވުންތެރިޔާ އެލިއުޑް ކިޕްޗޯގޭ ވަނީ ދެ ގަޑިއިރު ކުރިން މެރަތަންއެއް ނިންމައިފައެވެ. 2019 ވަނަ އަހަރު ކިޕްޗޯގޭ މެރަތަން ނިންމީ ގިނަ ގޮތްގޮތަކުން އިތުރު އެހީތެރިކަން ހޯދައި، ރޭހެއްގެ އުސޫލަކުން ނޫނެވެ. އެހީތެރިންނާއެކު ދުވެ، ވެހިކަލެއްގެ ބޭނުންކޮށް ސްޕީޑްވެސް ބަލަމުންނެވެ. އެހެންކަމުން އެ ޓައިމިން ރެކޯޑު ކޮށްފައެއް ނުވެއެވެ.
ސާވޭ އިއްޔެ ލަންޑަންގައި ޖެހި ރޭހުގައި އޭނާ މުގުރާލީ 2023 ވަނަ އަހަރު ކެލްވިން ކިޕްޓަމް ހަދާފައިވާ ރެކޯޑެކެވެ. އޭނާގެ ރެކޯޑަކީ ދެގަޑިއިރާ 35 ސިކުންތެވެ. އިއްޔެގެ ރޭހުގައި ސާވޭގެ އިތުރުން ހާފް މެރަތަންގެ ދުނިޔޭ ރެކޯޑު އޮންނަ ޖޭކޮބް ކިޕްލީމޯވެސް ވަނީ ކުރިން އޮތް ރެކޯޑުގެ ޓައިމިން މުގުރާލައިފައެވެ. އޭނާ ރޭސް ނިންމީ ދެގަޑިއިރާ 28 ސިކުންތުންނެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް
ތިޔަ ޚަބަރު ސުރްހީ ކިޔާލުމުން ރޭސް ނިންމި ވަގުތު ވަރަށް ބޮޑަށް އޮޅުންއެރި
މުހައްމަދު ޢަލީ - 2 މަސް ކުރިން