ކުރިއަށް އޮތް އެލައިޑް ހުޅުމާލެ ރަން 2026 އާ ގުޅިގެން، އެލައިޑް އިންޝުއަރަންސްގެ އޮންލައިން ކޮމިއުނިޓީއަށް ޝުކުރު އަދާކުރުމުގެ ގޮތުން "ޝެއާ ދަ ރަން" ގެ ނަމުގައި ހާއްސަ ގިވްއަވޭއެއް ތައާރަފްކޮށްފިއެވެ.
އެލައިޑުން ބުނީ، އެ ކުންފުނީގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ދުވުމުގެ ފޯރި އާންމުކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އާ އެޕަލް އެއާޕޮޑްސް ޕްރޯ 3 އެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މަހުގެ 20 ވަނަ ދުވަހު ފެށި މި ގިވްއަވޭ އަންނަ މަހުގެ 23ގެ ނިޔަކަށް ކުރިއަށް ދާނެ ކަމަށް އެލައިޑުން ބުންޏެވެ.
ބައިވެރިވާނެ ގޮތް:
- އިންސްޓަގްރާމްގައި އެލައިޑް އިންޝުއަރަންސް ފޮލޯކުރުން - އެޓް އެލައިޑް ޑޮޓް އެމްވީ
- ދުވުމާ ގުޅޭގޮތުން އެލައިޑް އިންޝުއަރަންސް އިން ކުރާ ޕޯސްޓުތައް އިންސްޓަގްރާމް ސްޓޯރީގައި ޝެއާ ކުރުން
- އެޓް އެލައިޑް ޑޮޓް އެމްވީ ޓެގް ކުރެއްވުމަށްފަހު ހޭޝްޓެގް އެލައިޑް ހުޅުމާލެރަން 2026 ހިމެނުން
އެލައިޑުން ބުނީ އެ ގިވްއަވޭ ލިބޭނީ އެންމެ ގިނައިން ސްޓޯރީ ޝެއާކުރާ ފަރާތަކަށް ކަމަށެވެ.
ޕްރައިވެޓް އެކައުންޓުތައް ގެންގުޅޭ ފަރާތްތަކުން، ޝެއާ ކުރާ ސްޓޯރީގެ ސްކްރީންޝޮޓެއް ޑައިރެކްޓް މެސެޖް މެދުވެރިކޮށް އެޓް އެލައިޑް ޑޮޓް އެމްވީ އަށް ފޮނުވުމުން ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.
އަލީ ޔާމިން
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް