ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ޑޮން 3" އިން އެކްޓަރު ރަންވީރު ސިންގް ވަކިވި ކަމަށާއި، އޭގެ ބަދަލެއްގެ ގޮތުން ޑައިރެކްޓަރު ފަރްހާން އަޚްތަރަށް 10 ކްރޯޑު ރުޕީސް ދިން ކަމަށް ފެތުރެމުންދާ އަޑުތައް ކަމާބެހޭ ފަރާތްތަކުން ދޮގުކޮށްފިއެވެ.
ފަހަކަށް އައިސް އިންޑިއާގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި މި ވާހަކަތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން، ފިލްމުގެ ޕްރޮޑަކްޝަން ލަސްވުމުގެ ސަބަބުން ރަންވީރު ވަނީ ޕްރޮޖެކްޓް ދޫކޮށްލަން ނިންމާފައެވެ. އަދި އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން ފަރްހާންގެ އެކްސެލް އެންޓަޓެއިންމަންޓަށް ބޮޑު އަދަދެއް ދިނުމަށް އޭނާ ހުށަހެޅި ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ގާތް ފަރާތްތަކުން ވަނީ މިކަން ދޮގުކޮށްފައެވެ. އެ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ރަންވީރު އަދިވެސް ހުރީ "ޑޮން 3" ގެ ލީޑު ރޯލުގައެވެ. އަދި ފައިސާގެ އެއްވެސް މުއާމަލާތެއް ހިނގާފައިވާ ކަމަށް ބުނާ ވާހަކަތަކަކީ މުޅިން ހަދައިގެން ދައްކާ ވާހަކަތަކެކެވެ. އެކްސެލް އެންޓަޓެއިންމަންޓުންވެސް މިހާތަނަށް މިފަދަ އެއްވެސް ބަދަލެއް އައިސްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.
ޝާހުރުކް ޚާންގެ ބަދަލުގައި "ޑޮން" ގެ ރޯލަށް ރަންވީރު ހަމަޖެއްސިކަން އިއުލާނުކުރީ މިދިޔަ އަހަރުއެވެ. މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް
ރަންވީރް ސިންގް