ޕޯސްޓުގެ ހިދުމަތްތައް، ޖަސްޓިސް ބިލްޑިން ކުރިމަތީގައި ހުންނަ "މޯލްޑިވްސް ޕޯސްޓް ސާވިސް ސެންޓަރު" އަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ބުނީ މިހާރު ޕޯސްޓުގެ ހިދުމަތްތައް ލިބޭނީ މ. އައިރިސްގައި ހުންނަ ޕޯސްޓުގެ ސާވިސް ސެންޓަރުން ކަމަށެވެ.
އެ ސާވިސް ސެންޓަރު ގާއިމުކުރެވިފައިވަނީ މ. އައިރިސް، އޯކިޑްމަގު، ގްރައުންޑް ފްލޯގައެވެ. އެ ތަން ހުންނަނީ ޖަސްޓިސް ބިލްޑިންގެ ސީދާ ކުރިމައްޗަށް ވާގޮތަށެވެ.
ޕޯސްޓް އޮފީހުން ބުނީ އެތަނުން ހިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށާއި އެ ތަނުން ޕޯސްޓް ކުރުމުގެ ހިދުމަތާއި ޕާރުސަލް ދޫކުރުމާއި ޕޯސްޓުން ދޭ އެހެނިހެން ހިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީސް ކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު، އެ ބަދަލަކީ ޕޯސްޓްގެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި ޕާރުސަލް ނެގުމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް ޕޯސްޓުން ދެކެއެވެ.
ފާތިމަތު ލިއުޝާ
ޕޯސްޓު އޮފިސް
ޕޯސްޓު އޮފިސް
ޕޯސްޓު އޮފިސް