ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއެވެ. ފަސް މެންބަރުންގެ މައްޗަށް އެ ކޮމިޝަން އެކުލެވޭއިރު، ކޮމިޝަނުގެ ރައީސަކީ ފިނޭންސް މިނިސްޓަރެވެ.
ފައިޒަލް މަގާމުން އިސްތިއުފާ ދެއްވިކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ކަށަވަރުކޮށްދިން ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. ފައިޒަލަކީ، މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ.
އަލީ ޔާމިން
ނެޝަނަލް ޕޭ ކޮމިޝަން
ނެޝަނަލް ޕޭ ކޮމިޝަން
ނެޝަނަލް ޕޭ ކޮމިޝަން
ނެޝަނަލް ޕޭ ކޮމިޝަން