ޕޭ ހާމަނައިޒް ކުރި އިރު މުސާރަ ކުޑަވި މުވައްޒަފުންގެ މުސާރަ، މި މަހުގެ މުސާރަ ލިބޭ އިރު ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެއްލުންވި މުވައްޒަފުން އެބަތިބި ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ވައުދުފުޅަކީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށް ވިދާޅުވިއެވެ.
"މި ފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސެސް ނުހުންނާނެ ވާހަކައެއް ނޫން، އެހެންނަމަވެސް ޖުމްލަކޮށް މުސާރަ މައްޗަށް ނުގޮސް ތިބި މުވައްޒަފުންގެ މައްސަލަ ހައްލުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މައިގަނޑު ގޮތެއްގައި މުސާރައިގެ މައްސަލަތައް ކުރިމަތިވެފައި ހުރީ އެޗްއާރް މުވައްޒަފުންނާއި ލީގަލް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ކަމަށެވެ.
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް އޭރު ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު