މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަ އަދި މެނޭޖިންގ ޑިރެކްޓަރު މަގާމަށް، ދަފްތަރު ނަންބަރު ރސ 2861، ހުސެއިން ޝަފީގް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާކަމަށެވެ.
އެމްޕީއެލީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް، ހުސެއިން ޝަފީގް އައްޔަނުކޮށްފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ ހަވަނަ ދުވަހުގައެވެ.
އިބްރާހިމް ޒަކީ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް