ހުޅުމާލެ ވިނަރެސް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން އިއްޔެ ބުނީ ހުޅުމާލޭގައި މަގު ހެދުމާއި ގެއްލުން ލިބިފައި ހުރި މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން، ފިތުރޯނުމަގު މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރިޔަށްގެންދާ ކަމަށެވެ.
ހުޅުމާލޭގެ މަގުތައް އިތުރަށް ތަރައްގީކުރަން ފެށި މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ ރީތިގަސް ރެސިޑަންސްގެ އުތުރަށް އޮންނަ މަގު ހެދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފައިވަނީ ނިިމިދިޔަ އާދިއްތަ ދުވަހުގައެވެ.
އެޗްޑީސީން ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ މަގުތައް މަރާމާތު ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ.
އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ފަސް މަގަކާއި ވިނަރެސް ފްލެޓަށް ވަންނަ މަގުތައް 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ޒަމާނީ ފެންވަރަށް މަރާމާތު ކުރާނެ ކަމަށެވެ. މީގެ އިތުރުން ހަލާކުވެފައިވާ މަގުތަކުގެ ތެރެއިން 8،012 އަކަ މީޓަރުގެ މަގުތައް އަލުން ސާފޭސް ކުރާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ފޭސް އެކެއްގައި ބާކީ ހުރި ހުރިހާ މަގުތަކާއި ފޭސް ދޭއްގައި ވިނަރެސް ރެސިޑެންސް އާ ޖެހިގެން އޮންނަ މަގު ހެދުން ހިމެނެއެވެ. މި މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 1.1 ކިލޯމީޓަރެވެ.
މި މަޝްރޫއުގެ ދަށުން ފިތުރޯނު މަގު އަދި ފިތުރޯނު މަގުގެ އިތުރުން ތާރު ހަލާކުވެފައިވާ މަގުތަކުގެ މަރާމަތު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ