ތެޔޮ ލިބުން ދަތިވެ ބަންގްލަދޭޝްގައި މުއާސަލާތީ ހިދުމަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ ސީދާ އަސަރުކޮށް ބައެއް ގައުމުތައް ތެލަށް ޖެހިފައިވާއިރު ބަންގްލަދޭޝަށް ވެސް ވަނީ އެކަމުގެ ސަބަބުން ދަތި ދުވަސްތަކެއް ކުރިމަތިލާން ޖެހިފައި ކަމަށް ހަބަރުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝްގެ ބޮޑު ސަރަހައްދެެއްގައި އިއްޔެއިން ފެށިގެން މޯބައިލް ފޯނުގެ ހިދުމަތަށް ބުރޫއަރައި ހިދުމަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ މޯބައިލް ހިދުމަތްތަކާ ބެހޭ އޮޕަރޭޓަރުންގެ ޖަަމިއްޔާއިން ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތްތަނުގައި މިކަން ދާނީ ބޮޑުވަމުންނެވެ.

ބަންގްލަދޭޝްގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަނުން ވަނީ މިހާރުގެ ހާލަތަކީ ނުރައްކާތެރި ހާލަތެއް ކަމަށް ބުނެފައެވެ.