ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ދޫކުރާ އެންމެ މަތީ އުމުރު 60 އަހަަރުން 75 އަހަރަށް މަތިކޮށްފިއެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިހާތަނަށް އެ ބޭންކުން ލޯނު ދޫކުރަމުން އައީ ލޯނު ނަގާ މީހާގެ އުމުރުން އެންމެ މަތިވެގެން 60 އަހަރު ވާއިރު އެ ލޯނު މެޗުއާވާ ގޮތަށް ކަމަށެވެ.
ނަމަވެސް އިއްޔެ ބޭއްވި އެ ބޭންކުގެ ބޯޑު ބައްދަލުވުމުގައި އެ އުމުރު 75 އަހަރަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"55 އަހަރުގެ ބޭފުޅަކަށް ވެސް މިހާތަނަށް ލޯނު ދެމުން އައީ ފަސް އަހަރުން ދައްކާ ނިންމާ ގޮތަށް. މިހާރު އެ ބަދަލު މި ކުރީ 75 އަހަރަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެބަދަލާއެކު، މެދުއުމުރުފުރައިގެ މީހުންނަށްވެސް ބޮޑެތި ކަންކަމުގައި ލޯނު ހޯދަން ލުއިތައް ލިބޭނެ ކަމަށާއި އަދި ދިގު މުއްދަތަކަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އުމުރުން ދުވަސްވީ ނަމަވެސް، އާމްދަނީ ލިބޭ މީހެއްނަމަ، ބީއެމްއެލްގެ ކްރެޑިޓް ކާޑު މިހާރުވެސް ދޫކުރާ ކަމަށެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް