މާދަމާއިން ފެށިގެން، 13 ރަށަކުން މަސްދޯނިތަކަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ.

ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ 13 ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ބ. އޭދަފުށި
  • ފ. ނިލަންދޫ
  • ކ. ހިންމަފުށި
  • ރ. ދުވާފަރު
  • ދ. ކުޑަހުވަދޫ
  • ޅ. ފެލިވަރު
  • ގއ. ކޫއްޑޫ
  • ފުވައްމުލައް ސިޓީ
  • ހުޅުމީދޫ
  • ހުޅުމާލެ ޖެޓީ

ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54 ރުފިޔާ އަށެވެ.

މީގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، މަސްވެރިންނަށް އިގްތިސާދީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ލުޔަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ.