ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އެ ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ ނަޝީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޖަމީލަކީ ޝަރުއީ ދާއިރާގައި 16 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ލ. ދަނބިދޫ މެޖިސްޓްރޭޓު ކަމާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފައެވެ.
ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް އައްޔަންކުރެއްވި ނަޝީދަކީ ޝަރުއީ ދާއިރާގައި 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ނ. މަނަދޫ މެޖިސްޓްރޭޓްކަމާއި، އެ ކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރައްވައިފައެވެ. ނަޝީދު ފެމިލީ ކޯޓުގެ ގާޒީކަމަށް އައްޔަންކުރީ މާޗު 24، 2016 ގައެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު