ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓަރު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، 749 ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5 ޖީ ޓާބޯ ރައުޓަރު ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ.

ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ ސްޓްރީމް ކުރުމާއި ގޭމް ކުޅުމާއި ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ހިދުމަތެކެވެ.

ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތައް ހުށަހެޅޭނެއެވެ. އަދި މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.