ޖަޕާނަށް އައި ބިންހެލުމާއެކު ސުނާމީގެ އިންޒާރެއް އޮތް ނަމަވެސް، ރާއްޖެއަށް އަސަރެއް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު "ވަން" އަށް ބުނީ ބިންހެލުން އައިސްފައިވަނީ ޖަޕާންގެ ހޮންޝޫއަށް ކަމަށެވެ.

"ޕެސިޕިކް އޯޝަންއެއް ކަމަށް ވުމުން، މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ،" މެޓް އޮފީހުން ބުންޏެވެ.

ޖަޕާނުގެ ހޮންޝޫއަށް އައިސްފައިވަނީ، 7.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އެ ބިންހެލުން އައިސްފައިވަނީ، މާލެއާ 7955 ކިލޯމީޓަރު ދުރުންނެވެ.