ޕަތީ ޕަތްނީ އައުރް ވޯ ދޯ ގެ ޓީޒަރ ރިލީޒްކޮށްފިއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު ޕަތީ ޕަތްނީ އައުރް ވޯ ގެ ސީކުއަލްއެކެވެ. މި ފިލްމުގެ އިޝްތިހާރުން ފެނިގެންދަނީ އާޔޫޝްމަން ކުރާނާ ކުޅޭ ކެރެކްޓަރ ޕްރަޖާޕަތީ ޕާންޑޭ ގެ ދިރިއުޅުމަށް ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ. އޭނާގެ ދިރިއުޅުން ތިން އަންހެނުންގެ ދޭތެރޭގައި ޖެހި، ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓޭ މަންޒަރު މި ޓީޒާއިން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. ޓީޒަރގެ ކުރީކޮޅުގައި 1978 ވަނަ އަހަރުގެ އަސްލު ފިލްމުގެ މަންޒަރުތަކާއި 2019 ވަނަ އަހަރުގެ ފިލްމުގެ ބައެއް މަންޒަރުތައް ހިމަނާފައިވަނީ މާޒީގެ ހަނދާންތައް އާކޮށްދެމުންނެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ މުދައްސަރު އަޒީޒެވެ. އޭނާއަކީ 2019 ވަނަ އަހަރުގެ ފިލްމުގެވެސް ޑައިރެކްޓަރެވެ. ފިލްމުގެ މައި ރޯލުން އާޔޫޝްމަން ކުރާނާ ފެނިގެންދާއިރު، އޭނާއާއެކު ސާރާ އަލީ ޚާން، ވާމިގާ ގައްބީ އަދި ރަކުލް ޕްރީތު ސިންގް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން ވިޖޭ ރާޒް ވެސް ފިލްމުގެ ތެރެއިން ފެނިގެންދާނެއެވެ. މި ފިލްމަކީ ޓީ-ސީރީޒް އަދި ބީ އާރު ސްޓޫޑިއޯސްއިން އުފައްދާ ފިލްމެކެވެ. ފިލްމު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ބުޝަން ކުމާރު، ރެނޫ ރަވީ ޗޯޕްރާ އަދި ކްރިޝަން ކުމާރެވެ. އަދި ޖޫނޯ ޗޯޕްރާ ވަނީ މި ފިލްމުގެ ކްރިއޭޓިވް ޕްރޮޑިއުސަރުގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

https://youtu.be/Os4JVfZp4jg

މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ މެއި 15 ވަނަ ދުވަހު ކަމްށަ ހަބަރުތައް ބުނެއެވެ. މި ފިލްމަކީ ކޮމެޑީ އަދި ޑްރާމާގެ ގޮތުން މިއަހަރު ރިލީޒްވާ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމެވެ.