މި ސަރުކާރު އާ އާޓްސް މިނިސްޓަރު ހީނާ ވަލީދާ ބެހޭ ގޮތުން ފެތުރީ ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު، ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން އަލަށް ހުވައި ކުރެއްވި މިނިސްޓަރުންގެ ތެރޭގައި މިހާރުގެ މިނިސްޓަ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.
ހީނާ އެންސްޕާގައި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ފުރުއްވި އިރު ވަނީ އެމްއެމްޓީވީ ހިންގަން ބޮޑުއަގުގައި އިމާރާތެއް ކުއްޔަށް ނެގި ތުހުމަތާއި މި ފަހުން ހަ އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައިގައި އެންސްޕާގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކޮށްފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މީހަކަށް ތުހުމަތެއް ކުރުމަކީ އަދި އެއީ ހަގީގަތަށް އެކަން ވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ތުހުމަތު ކުރެވިދާނެ ހަމަ ބޭނުންވާހަކައެއްް ހަދައިގެންވެސް، ހުސް ދޮގުހަދައިގެންވެސް ކުރެވޭނެ. ދެންމެ ހީނާއާ ބެހޭގޮތުން ތި ވިދާޅުވި ވާހަކަތައް އެކަމާބެހޭ ވުޒާރާތަކުން ބައްލަވާފައި ވިދާޅުވި ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން އެއީ." ރައީސް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު