ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން މިނިސްޓްރީތަކުން ވެސް ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، "މިހާރު މި ކުރެވެނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް." ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ވީހާވެސް ކުޑަ ސަރުކާރެއް ހިންގުމަށް ކަމަށާއި ގުޑް ގަވާނެންސްގެ ހުރިހާ ސިފައެއް ހުރުމަށް ކަމަށެވެ. އަދި ވަރަށް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތުގައި ވަޒީފާއަށް މީހުން ނެގުން ކަމަށެވެ.
"މިހާރު މިނިސްޓްރީތައް މިވަނީ ފަސް މިނިސްޓްރީ މަދުކޮށް 15 އަށް ކުޑަކުރެވިފައި. ހަމައެކަނި ނަންބަރު އޮފް މިނިސްޓްރީސް މަދުކުރިޔަސް ސަރުކާރު ކުޑައެއް ނުވާނެ. އެހެންކަމުން ސަރުކާރު ކުޑަކުރުމުގެ މަސައްކަތްތަކެއް މިހާރު މި ކުރެވެނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެސްއޯއީތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސަންޓު މަދުކުރާއިރު ސަރުކާރުގެ މިނިސްޓްރީތަކުންވެސް ސިޔާސީ މުވައްޒަަފުން ޕާފޯމެންސަށް ބަލައި މަދުކުރާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ނަގާނީ އިއުލާނު ކޮށްގެން، ސީވީއަށް ބަލައިގެން މެރިޓް ބޭސްކޮށް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު