އެމެރިކާގެ ސްޓޭޓެއްގައި ބަޑިން ހަމަލާދީ 8 ކުއްޖަކު މަރާލައިފިއެވެ.
އެމެރިކާގެ ހުޅަނގުދެކުނުން އޮންނަ ލުއުސިއާނާގެ ޝްރެވްޕޯޓުގައި ހިނގި ބަޑިޖެހުމުގެ އެ ހާދިސާގައި މަރާލާފައިވަނީ އެއް އަހަރާއި 14 އަހަރާ ދެމެދުގެ ކުދީން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގައިދިޔަ އެ ހާދިސާގެ ޚަބަރު ފުލުހުންނަށް ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދުން ބަޑިޖެހުމުގައި ހަރަކާތްތެރިވި މީހާ ފިލަން މަސައްކަތް ކުރަނިކޮށް ހޯދައި ބަޑިޖަހައި މަރާލާފައިކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާގޮތުގައި ބަޑިޖެހުމުގައި ހަރަކާތްތެރި ވީ އެކަކެވެ. އޭނާވަނީ 10 މީހަކަށް ބަޑިން ހަަމަލާދީފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝްރެވްޕޯޓުގެ ފުލުހުން އެމީހާގެ މައުލޫމާތު އާންމުކޮށްފައި ނުވާއިރު އެމީހާއާއި ބަޑިޖެހުމުގެ ސަބަބުން މަރުވެފައިވާ ކުދީންނާ ގުޅުމެއް ވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއްނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ހަމަލާ ދިނުމަށް އެމީހާ ވަނީ ސިޓީގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ