ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި އިންޑިއާގެ ދެބޯޓަކަށް ހަމަލާދީފިއެވެ.

ހޮރުމުޒް ކަނޑުއޮޅި އިރާނުން އިއްޔެ ބަންދުކޮށްފައިވާއިރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އިރާނުން ވަނީ ރޭޑިއޯ މެދުވެރިކޮށް ބޯޓުތަކަށް އިންޒާރުގެ މެސެޖު ފޮނުވައިފައެވެ.

އިންޑިއާގެ ދެ ޕޯޓަށް ދިން ހަމަލާގައި އެއްވެސް ފަޅުވެރިޔަކަށް އަނިޔާވެފައި ނުވާއިރު އެއްވެސް ބޯޓަކަށްވެސް ގެއްލުމެއް ވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާ އެރި ދެބޯޓުވެސް ދަތުރު ހުއްޓާލައި އައިކޮޅަށް އަނބުރާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއަށް ނިސްބަތްވާ ދެބޯޓަކަށް ހަމަލާދިނުމާއެކު އިންޑިއާއިން ވަނީ އެގައުމުގައި ހުންނަވާ އިރާނުގެ އެމްބެސަޑަރު ހާޒިރުކުރަން ނިންމައިފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ އެގައުމުގައި ހުންނަ އިރާނުގެ އެމްބަސަޑަރު ހާޒިރުކުރުމަށް ނިންމާފައިވަނީ އެ ގައުމަށް ނިސްބަތްވާ ދެ ބޯޓު ހޮރުމުޒް ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރަނިކޮށް ހަމަލާދިން މައްސަލައިގައި ކަމަށް ބުނެފައެވެ.