ސަރުކާރުން ދޭ ސިޔާސީ މަގާމުތަކަކީ އެ މީހަކަަށް، ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޭ ހަދިޔާއެއް ނޫން ކަަމަށް ޗީފް ގަވާމަންޓް ސްޕޯޓްސްޕާސަން މުހައްމަދު ނުސެން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ ވަޒީފާތައް ލިބެނީ، ސިޔާސީ ފިކުރެއްގެ ތެރެއިން ޕާޓީއަށް ކޮށްދޭ މަސައްކަތެއްގެ ތެރެއިން ނުވަތަ އެ އޮންނަ ވަފާތެރިކަމެއްގެ ތެރެއިން ކަމަށެވެ.
ސިޔާސީ ވަޒީފާތަކުގެ ބޭނުމަކީ ވަފާތެރިކަމާއެކީގައި އެއިރެއްގައި އޮންނަ ސަރުކާރެއް ނުވަތަ އެއިރެއްގައި ހުންނަ ރައީސުލްުޖުމްހޫރިއްޔާއެއްގެ އެންގެވުމާ އެއްގޮތަށް މަސައްކަތްކުރުން، ކަމަށެވެ. އަދި އެ ވަޒީފާތަކުގައި ތިބުން މުހިއްމީ އެ އިތުބާރާ ޔަގީންކަން އޮތް ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއްނޫން އެއީކީ، އަޅުގަނޑު ގަބޫލެއްނުކުރަން އަޅުގަނޑަށް ސިޔާސީގޮތުން އަޅުގަނޑުގެ ޕާޓީއަށް ވަފާތެރިވީތީ ފަސް އަހަރު ދުވަހަށް ފީސަބީލިއްލާހިއަށް ލިބިފަ އޮންނަ ހަދިޔާއެކޭ، ހުވައެއް ކޮސްގެން އަދި ޗިޓަކުން ނަަމަވެސް ސިޔާސީ ވަޒީފާއެއް ލިބޭމީހާއަކީ ދައުލަތުގެ ބަޖެޓުން އުޖޫރަދޭ މީހެއް، އެއީ ރައްޔިތުންގެ ފައިސާ އެެހެންވީމަ ވާނީ ރައްޔިތުންގެ ހާދިމަކަށް،"
އެހެންކަމުން ސިޔާސީ މަގާމެއްގައި ހުންނަނަމަ، ޕާފޯމަންސް ދައްކަންޖެހޭނެ ކަމަށާއި ޕާފޯމަންސް ނުދެއްކިގެން ނުކުމެގެން ދާންޖެހޭ ހާލަތުގައި ޝަކުވާއެއް ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް