ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށްގެންދިޔަ އައިފޯން 17 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
ޑީޖީޖީން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ މުހައްމަދު ނާހިލް ނަސްރު އެވެ.
ދިރާގުން ބުނީ އެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފައިވަނީ dgg.mv އަށް ސައިން-އަޕްކޮށްގެން އެ ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނަގާފައިވާ ލަކީ ޑްރޯއެއް މެދުވެރިކޮށް ކަމަށެވެ.
ޑީޖީޖީން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތަކާއި ހާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު