ލުބުނާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އިރާނަށް ހަމަލާދީ ފެށި ހަނގުރާމައިގައި އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ކުރި މަޝްވަރާއަށްފަހު ވަނީ އެކަމަށް އެއްބަސްވެފައެވެ.
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް ދެ ގައުމުގެ އޮފިޝަލުންވެސް އެއްބަސްވެފައިވާ ކަަމަށާއި ރޭ ރާއްޖެ ގަޑިން މެންދަމު ދޭކުން ފެށިގެން އެއެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއެކު ލުބުނާނުން ވަނީ އެކަމުގެ މަރުހަބާ ދަންނަވައިފައެވެ. ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުން ދަނީ ހަމަލާތައް ހުއްޓާލައި ސުލްހަވުމަށް ގޮވާލަމުން ކަމަށް ވިދާޅުވެ މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކުރައްވައިފައެވެ.
ދިހަ ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލަން ލުބުނާނާއި އިޒްރޭލުން އެއްބަސްވެފައިވާ އިރު، އެންމެ ފަހު ވަގުތުކޮޅުގައިވެސް އިޒްރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު