ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ މިނިސްޓަރުންތަކެއް މިއަދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގެ 10 މިނިސްޓަރަކު މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ 10 ބޭފުޅުންގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރެއްވުމަށް ފަހު، ރައީސް ވަނީ އެ 10 ބޭފުޅުން މިދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

އިސްތިއުފާ ދެއްވި މިނިސްޓަރުން

  • ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
  • ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް
  • ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
  • ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް
  • ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
  • އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާ
  • ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
  • ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު